Divehi Quran

96|1|ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ.
96|2|ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ.
96|3|ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.
96|4|އެކަލާނގެއީ، قلم ން) ލިޔަން (އުނގަންނައިދެއްވި ރަސްކަލާނގެއެވެ.
96|5|އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.
96|6|ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ.
96|7|އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ.
96|8|ހަމަކަށަވަރުންް، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.
96|9|ހަމަކަށަވަރުންް، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.
96|10|އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟
96|11|އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟
96|12|ތިބާ خبر ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ تقوى ވެރިވުމަށް أمر ކުރިނަމަވެސް ހެއްޔެވެ؟
96|13|ތިބާ خبر ދީ ބަލާށެވެ! އޭނާ ދޮގުކޮށް ފުރަގަސްދިންނަމަވެސް ހެއްޔެވެ؟
96|14|ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟
96|15|ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.
96|16|އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ.
96|17|ފަހެ، އޭނާޔާއެކު جلسة ކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ!
96|18|ނިކަންހުރެ ތިމަންރަސްކަލާނގެ زبانىّ ملائكة ންނަށް ގޮވައިލައްވާހުށީމެވެ.
96|19|ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި سجدة ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި) اللَّه ގެ حضرة އަށް (ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!

Pages ( 96 of 114 ): « Previous1 ... 9495 96 9798 ... 114Next »