Divehi Quran

69|1|ކަށަވަރުވެގެންވާ قيامة ދުވަހެވެ.
69|2|ކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟
69|3|ކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
69|4|ثمود ބާގައިމީހުންނާއި، عاد ބާގައިމީހުން قيامة ދުވަސް ދޮގުކުރޫއެވެ.
69|5|ފަހެ، ثمود ބާގައިމީހުން ދަންނާށެވެ! ފަހެ، ބިރުވެރި، ގަދަފަދަ އަޑުން އެއުރެން ހަލާކު ކުރެއްވިއެވެ.
69|6|އަދި عاد ބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ.
69|7|އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ قوم ގެމީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ.
69|8|ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭހެއްޔެެވެ؟
69|9|އަދި فرعون އާއި، އޭނާގެ ކުރީގެ މީހުންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ މީހުން ފާފަކުރޫއެވެ.
69|10|ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسول އާއަށް އެއުރެން އުރެދުނޫއެވެ. ފަހެ، އެކަލާނގެ ގަދަފަދަވެގެންވާ عذاب ގެ ހިއްޕެވުމަކުން އެއުރެން ހިއްޕެވިއެވެ.
69|11|ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ.
69|12|އެއީ ތިމަންރަސްކަލާނގެ އެކަންތައްތައް ތިޔަބައިމީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށްޓަކައެވެ. އަދި ކަނުލައި އަހާ ކަންފަތްތަކެއް އެވާހަކަ ކަނުލައި އެހުމަށްޓަކައެވެ.
69|13|ފަހެ، ތާޅަފިލި އެއްފަހަރު ފުމެލައްވާ ހިނދެވެ.
69|14|އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ.
69|15|ފަހެ، އެދުވަހުން قيامة ވާ ހުށްޓެވެ.
69|16|އަދި އުޑު ފަޅަފަޅައިގެންދާނެތެވެ. ފަހެ، އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ.
69|17|އަދި ملائكة ން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ عرش ފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް ملائكة ންނެވެ.
69|18|އެދުވަހުން (حساب ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ.
69|19|ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ!
69|20|ހަމަކަށަވަރުން، ތިމަންގެ حساب ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް يقين ވިއެވެ.
69|21|ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ.
69|22|މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ.
69|23|އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ.
69|24|(އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.
69|25|އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟
69|26|އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ!
69|27|އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ!
69|28|ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.
69|29|ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ.
69|30|(زبانىّ ملائكة ންނަށް اللَّه އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ!
69|31|ދެން އޭނާ ނަރަކަޔަށް ވައްދާށެވެ!
69|32|ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ!
69|33|ހަމަކަށަވަރުން، އޭނާ މާތް اللَّه އަށް إيمان ވާކަމުގައެއް ނުވެއެވެ.
69|34|އަދި مسكين ންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ.
69|35|ފަހެ، މިއަދު މިތާކު އޭނާއަކަށް رحمة ތެރިޔަކު ނުވެއެވެ.
69|36|އަދި غسلين މެނުވީ (އެބަހީ: ނަރަކައިގެ أهل ވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ.
69|37|ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ.
69|38|ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ.
69|39|ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި وحى ކުރައްވަމެވެ.
69|40|ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު اللَّه ގެ حضرة ން) ގެންނެވި ބަސްފުޅެއްކަން ކަށަވަރެވެ.
69|41|އެއީ ޅެންވެރިޔެއްގެ ބަހެއްނޫނެވެ. ތިޔަބައިމީހުން إيمان ވަނީ ވަރަށްވެސް ކުޑަކޮށެވެ.
69|42|އަދި އެއީ كاهن އެއްގެ ބަހެއްވެސްނޫނެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.
69|43|(އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ.
69|44|(އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ.
69|45|އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން انتقام) ހިއްޕެވީމުހެވެ.
69|46|ދެން ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ހިތްޕުޅުގެ ނާރު ކަނޑުއްވައިފީމުހެވެ.
69|47|ފަހެ، ތިޔަބައިމީހުންކުރެ އެކަކަށްވެސް އެކަލޭގެފާނު ތިމަންރަސްކަލާނގެ عذاب ން ދުރެއްނުކުރެވޭނެތެވެ.
69|48|ހަމަކަށަވަރުން، އެ قرآن އަކީ، تقوى ވެރިންނަށް އޮތް ހަނދާންކޮށްދިނުމެއްކަން ކަށަވަރެވެ.
69|49|އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ދޮގުކުރާ ބަޔަކުވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
69|50|އަދި ހަމަކަށަވަރުން، އެ قرآن އަކީ، ކާފިރުންގެ މައްޗަށްހުރި ހިތާމައެއްކަން ކަށަވަރެވެ.
69|51|އަދި ހަމަކަށަވަރުން، އެ قرآن އަކީ، يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ.
69|52|ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!

Pages ( 69 of 114 ): « Previous1 ... 6768 69 7071 ... 114Next »