Divehi Quran

102|1|(މުދަލާއި ދަރިން (ގިނަކަމަށް އެކަކުއަނެކަކަށް فخر ވެރިވެ އުޅުން، ތިޔަބައިމީހުން (اللَّه ގެ މަތިން ހަނދުމަނެއްތައި (مشغول ކޮށްފިއެވެ.
102|2|ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާނދެނެވެ. (
102|3|ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
102|4|ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
102|5|ހަމަހިލާ އެހެންނަކުން ނުވާނެއެވެ. يقين ކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ.
102|6|ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ.
102|7|ދެންހަމަ يقين ކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.
102|8|ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) نعمة ތަކާމެދު ތިޔަބައިމީހުންނާ سؤال ކުރައްވާނެކަން ކަށަވަރެވެ.

Pages ( 102 of 114 ): « Previous1 ... 100101 102 103104 ... 114Next »