Divehi Quran

89|1|ފަތިސް ގަންދެއްވަމެވެ.
89|2|އަދި ދިހަ ރޭ ގަންދެއްވަމެވެ.
89|3|އަދި ހިރިތަކެއްޗާއި، އޮނަހިރި ތަކެތި ގަންދެއްވަމެވެ.
89|4|އަދި ރޭގަނޑު ވޭތުވެދާހިނދު، ރޭގަނޑު ގަންދެއްވަމެވެ.
89|5|ބުއްދީގެ ވެރިޔަކަށް އެކަންކަމުގައި (ފުދޭވަރުގެ) ހުވަޔެއް ވާކަން ކަށަވަރެވެ.
89|6|ކަލޭގެފާނުގެ ވެރިރަސްކަލާނގެ، عاد ބާގައިމީހުންނާމެދު ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާތޯއެވެ؟
89|7|އެއީ ތަނބުތަކުގެ ވެރި، إرم އެވެ ކިއުނު ރަށުގެ أهل ވެރިންނެވެ.
89|8|އެ ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި ނުވާފަދަ ބިނާތަކެކެވެ.
89|9|އަދި ثمود ބާގައިމީހުންނާ މެދުގައިވެސްމެއެވެ. އެއުރެންނީ، ވާދީގައި ހިލަކަނޑައި، ގެދޮރު އަޅައި އުޅުނު މީހުންނެވެ.
89|10|އަދި لشكر ތަކުގެ ވެރި فرعون އާ މެދުގައިވެސްމެއެވެ.
89|11|އެއުރެންނީ، ރަށްތަކުގައި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނެވެ.
89|12|ފަހެ، އެއުރެން އެ ރަށްތަކުގައި ފަސާދަވެރިކަން ގިނަކުޅައޫއެވެ.
89|13|ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ގެ ބާވަތްތައް އޮއްސެވިއެވެ.
89|14|ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެއުރެން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ.
89|15|ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ، އޭނާ امتحان ކުރައްވައި، އަދި އޭނާ މާތްކުރައްވައި، އަދި އޭނާޔަށް نعمة ދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ.
89|16|އަދި ދަންނާށެވެ! އެކަލާނގެ، އެ އިންސާނާ امتحان ކުރައްވައި، އަދި އޭނާގެ رزق ދަތިކުރައްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ، ތިމަން ނިކަމެތިކުރައްވައިފިއެވެ.
89|17|ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ޔަތީމުންނަށް މާތްކޮށެއް ނުހިތަމުއެވެ.
89|18|އަދި ތިޔަބައިމީހުން މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް އެކަކު އަނެކަކަށް ބާރުއަޅައެއް ނޫޅެމުއެވެ.
89|19|އަދި (حرام އެއް حلال އެއް ނުބަލައި) ތިޔަބައިމީހުން، ވާރުތަ މުދާ ގިނަގިނައިން ކައިއުޅެމުއެވެ.
89|20|އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ.
89|21|ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުނޑުވެ، ބިންގަނޑު ކުނޑިކުނޑިވެގެން ދާހިނދެވެ.
89|22|އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު އެހިނދު އަންނާނެތެވެ. އަދި ملائكة ން ސަފުސަފަށް ވަޑައިގަންނަވާނެތެވެ.
89|23|އަދި އެދުވަހުން ނަރަކަ ގެންނަވާނެތެވެ. އެދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ. އެ ހަނދާންކުރުމުން އޭނާޔަށް ފައިދާއެއްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟
89|24|އެދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ آخرة ގެ حياة އަށްޓަކައި (ހެޔޮ) عمل އެއް އިސްކުޅަނަމަ، ކިހާރަނގަޅުވީސް ހެއްޔެވެ؟
89|25|ފަހެ، އެދުވަހުން އެކަލާނގެ އޭނާޔަށް ދެއްވާފަދަ عذاب އެއް އެހެން އެކަކަށްވެސް ނުދެވޭނެތެވެ.
89|26|އަދި އެކަލާނގެ، އޭނާ ހައްޔަރުކުރައްވާ ފަދައިން، އެހެން އެކަކަށްވެސް ހައްޔަރެއް ނުކުރެވޭނެތެވެ.
89|27|އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ!
89|28|ރުހިގެންހުރެ، ރުހުން ލިބިގެންވާ حال، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް އެނބުރިދާށެވެ!
89|29|ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ!
89|30|އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ!

Pages ( 89 of 114 ): « Previous1 ... 8788 89 9091 ... 114Next »