Divehi Quran

90|1|އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ!
90|2|ކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް) އެބަހީ: مكة (ގަންދެއްވައި ހުވާ وحى ކުރައްވަމެވެ.
90|3|އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: آدم ގެފާނާއި آدم ގެ ދަރިންނެވެ.)
90|4|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ.
90|5|އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟
90|6|އޭނާ ބުނެތެވެ. ގިނަވެގެންވާ މުދާ ތިމަން خرد ކޮށް ނެތިކޮށްފީމެވެ.
90|7|އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެެވެ؟
90|8|އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެެވެ؟
90|9|ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟
90|10|އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ.
90|11|ފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟
90|12|ދަތިކަންހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
90|13|) އެއީ (އަޅަކު މިނިވަންކުރުމެވެ.
90|14|ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ.
90|15|ގާތްތިމާގެ ޔަތީމަކަށެވެ.
90|16|ނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ.
90|17|ދެން إيمان ވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް وصية ކޮށް، އަދި މީސްތަކުންނަށް رحم ބެހެއްޓުމަށް އެކަކު އަނެކަކަށް وصية ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ.
90|18|ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ.
90|19|އަދި ތިމަންރަސްކަލާނގެ آية ތަކަށް كافر ވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ.
90|20|އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ.

Pages ( 90 of 114 ): « Previous1 ... 8889 90 9192 ... 114Next »