Divehi Quran

92|1|ރޭގަނޑު އިރު ނިވައިކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
92|2|ދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ގަންދެއްވަމެވެ.
92|3|އަދި ފިރިހެން، އަންހެންް، ދެ ޖިންސު ހެއްދެވި ކަލާނގެ ގަންދެއްވަމެވެ.
92|4|ހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ.
92|5|ހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ.
92|6|ފަހެ) މުދަލުން (ހޭދަކޮށް) اللَّه އަށް (تقوى ވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ!
92|7|ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.
92|8|ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.
92|9|އަދި ދަހިވެތިވެ، اللَّه ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ!
92|10|ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.
92|11|އަދި އެމީހާ) ނަރަކަޔަށް (ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.
92|12|ހަމަކަށަވަރުން، ތެދުމަގު ދެއްކެވުންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.
92|13|އަދި ހަމަކަށަވަރުން، آخرة އާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.
92|14|ފަހެ، އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ.
92|15|ބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެތެވެ.
92|16|އެމީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ.
92|17|އަދި تقوى ވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ.
92|18|އެމީހާއީ، އެމީހާ طاهر ވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ.
92|19|އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ.
92|20|އެހެނެއްކަމަކު) އޭނާ ހޭދަކުރަނީ (އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ وجه ފުޅު އަދައިގެންނެވެ.
92|21|އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ.

Pages ( 92 of 114 ): « Previous1 ... 9091 92 9394 ... 114Next »