Divehi Quran

54|1|قيامة ވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ.
54|2|އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެތެވެ. އަދި ބުނެތެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ.
54|3|އަދި އެއުރެން (حق ބަސްފުޅު) ދޮގުކުޅައޫއެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން تبع ވިއެވެ. ކޮންމެކަމަކީ ނިމުމަކަށްގޮސް ހަމަޖެހޭނެކަމެކެވެ.
54|4|ހަމަކަށަވަރުން، خبر ތަކުގެ ތެރެއިން އެކަންކަމުގައި عبرة ހިމެނިގެންވާ خبر ތައް އެއުރެންގެ ގާތަށްއައެވެ.
54|5|(މިއީ) ފުރިހަމަވެގެންވާ حكمة އެކެވެ. ފަހެ، إنذار ތައް (އެއުރެންނަކަށް އެއްވެސްކަމެއް) ފުއްދައެއް ނުދެތެވެ.
54|6|ފަހެ، ނުރުހެވޭކަމަކަށް ގޮވާމީހާ ގޮވާދުވަހު، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ!
54|7|އެއުރެންގެ ލޯތައް ތިރިވެ، ނިކަމެތިވެގެންވާ حال، ފެތުރިގަންނަ ގޮއްފުޅަނގިތަކެއް ފަދައިން ކަށްވަޅުތަކުން އެއުރެން ނުކުންނާނެތެވެ.
54|8|ގޮވާފަރާތަށް (ދިޔުމަށް) އަވަސްވެގަންނަ حال ގައެވެ. كافر ވިމީހުން ބުނާނެތެވެ. މިއީ ދަތި އުނދަގޫ ދުވަހެކެވެ.
54|9|އެއުރެންގެ ކުރިން نوح ގެފާނުގެ قوم ގެމީހުންވެސް ދޮގުކުރޫއެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެ އަޅާ ދޮގުކުރޫއެވެ. އަދި އެއުރެން ބުނޫއެވެ. މޮޔައެކެވެ. އަދި އެއުރެން އެކަލޭގެފާނަށް ބިރުދައްކައި ހެދިއެވެ.
54|10|ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލާގެފާނު دعاء ކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، މިއަޅާވަނީ، ދެރަކޮށްލައިފައެވެ. ފަހެ، (މިއަޅާޔަށް) نصر ދެއްވާނދޭވެ!
54|11|ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ.
54|12|އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުންއެރި ފެން) ބައްދަލުވިއެވެ.
54|13|އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ.
54|14|ތިމަންރަސްކަލާނގެ ބައްލަވާވޮޑިގަތުމާއެކު، އެ ނައު، ދުވަމުންދެތެވެ. (އެއުރެން) ދޮގުކުރި ކަލޭގެފާނަށް (އެބަހީ: نوح ގެފާނަށް) ހެޔޮ ޖަޒާއެއްކަމުގައެވެ.
54|15|އަދި ހަމަކަށަވަރުން، އެކަންތައްއެއީ، ހެތްކެއްކަމުގައި ތިމަންރަސްކަލާނގެ ލެހެއްޓެވީމެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭހެއްޔެވެ؟
54|16|ފަހެ، ތިމަންރަސްކަލާނގެ عذاب އާއި، ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟
54|17|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟
54|18|عاد ބާގައިމީހުންވެސް ދޮގުކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ عذاب އާއި ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟
54|19|ދެމިހުންނަނިވި ސުންޕާކަމުގެ ދުވަހެއްގައި ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ.
54|20|އެ ވައިރޯޅިއައިސް، މީސްތަކުން (ތިބިތަނުން) ލުހެލަތެވެ. ވެއްޓިފައިވާ ކަދުރު ރުކުގެ ބުޑުތަކެއްފަދައިން އެއުރެން ވާކަހަލައެވެ.
54|21|ފަހެ، ތިމަންރަސްކަލާނގެ عذاب އާއި ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟
54|22|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާމީހަކު ވޭހެއްޔެވެ؟
54|23|ثمود ބާގައިމީހުން إنذار ތައް ދޮގުކުރޫއެވެ.
54|24|ފަހެ އެއުރެން ބުނޫއެވެ. ތިމަންމެން تبع ވާންވީ ތިމަންމެންގެ ތެރެއިން އެންމެ آدم ގެދަރިޔަކަށް ހެއްޔެވެ؟ އެހެންވިއްޔާ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، މަގުފުރެދުމާއި، މޮޔަކަމެއްގެ ތެރޭގައިކަން ކަށަވަރެވެ.
54|25|ތިމަންމެންގެ ތެރެއިން، ހަމަ އޭނާޔަށް وحى ބާވައިލެއްވީހެއްޔެވެ؟ އަދި ކިއެއްތަ! އޭނާޔަކީ ބޮޑު ދޮގުވެރި، ބޮޑާ މީީހެކެވެ.
54|26|ބޮޑު ދޮގުވެރި، ބޮޑާ މީހަކީ ކާކުކަން މާދަމާ (އެބަހީ: عذاب އަންނަދުވަހު) އެއުރެންނަށް ނިކަންހުރެ އެނގޭނެތެވެ.
54|27|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް امتحان އެއްގެ ގޮތުގައި އަންހެން ޖަމަލެއް (ނެރުއްވައި) ފޮނުއްވާހުށީމެވެ. ފަހެ، ކަލޭގެފާނު އެއުރެން ކަންކުރާގޮތް ބައްލަވައި انتظار ކުރައްވާށެވެ! އަދި ކެތްތެރިވެވަޑައިގަންނަވާށެވެ!
54|28|އަދި ކަލޭގެފާނު އެއުރެންނަށް އަންގަވާށެވެ! ހަމަކަށަވަރުން، ފެން ވަނީ އެއުރެންގެ މެދުގައި (އެބަހީ: އެއުރެންނާއި އެ ޖަމަލާ ދެމެދު) ބައްސަވައިފައެވެ. ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ ބުއިން (އެބަޔެއްގެ ދުވަހު) حاضر ކުރައްވާފައިވެއެވެ.
54|29|ފަހެ، އެއުރެންގެ އެކުވެރިޔާއަށް އެއުރެން ގޮވޫއެވެ. ފަހެ، އޭނާ ކަނޑި ލިބިގަނެ، ޖަމަލު މަރައިލިއެވެ.
54|30|ފަހެ، ތިމަންރަސްކަލާނގެ عذاب އާއި، ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުންހެއްޔެވެ؟
54|31|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބިރުވެރި އެންމެ އަޑެއް ފޮނުއްވީމެވެ. ފަހެ، ގެރިބަކަރި ހުއިހައްޕާމީހާ ގެންގުޅޭ ހިކި ހުއިތަކެއް ފަދައިން އެއުރެންވޫއެވެ.
54|32|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟
54|33|لوط ގެފާނުގެ قوم ގެމީހުން إنذار ތައް ދޮގުކުރޫއެވެ.
54|34|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ހިލައިގެ ވާރޭ ފޮނުއްވީމެވެ. لوط ގެފާނުގެ أهل ވެރިން މެނުވީއެވެ. ދަންވަރުގެ ވަގުތެއްގައި ތިމަންރަސްކަލާނގެ އެއުރެން ސަލާމަތްކުރެއްވީމެވެ.
54|35|ތިމަންރަސްކަލާނގެ حضرة ން ދެއްވި نعمة އެއްގެގޮތުގައެވެ. شكر ކުރާ މީހަކަށް އެފަދައިން ތިމަންރަސްކަލާނގެ ޖަޒާދެއްވަމެވެ.
54|36|އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عقوبات ގެ ވާހަކައިން، އެކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިއެވެ. ފަހެ، އެއުރެން އެ إنذار ތަކާމެދު شك ކުރޫއެވެ.
54|37|އަދި ހަމަކަށަވަރުން، އެކަލޭގެފާނުގެ މެހުމާނުންނާމެދު، ނުބައިކަންތައް ކުރުމަށްޓަކައި އެކަލޭގެފާނުގެ އަރިހުން އެއުރެން އެދިގަތެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ލޯތައް ކަނުކުރެއްވީމެވެ. (އަދި އެންގެވީމެވެ.) ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ عذاب އާއި، إنذار ގެ ރަހަ ލިބިގަންނާށެވެ!
54|38|އަދި ހަމަކަށަވަރުން، ފަތިހެއްގެ ފަތިސްވަގުތުގައި ދެމިހުންނަނިވި عذاب އައިސް އެއުރެންނަށް ޖެހުނެވެ.
54|39|ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ عذاب އާއި، إنذار ގެ ރަހަ ލިބިގަންނާށެވެ!
54|40|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟
54|41|ހަމަކަށަވަރުން، فرعون ގެމީހުންގެ ގާތަށް إنذار ތައް އައެވެ.
54|42|ތިމަންރަސްކަލާނގެ ދެއްކެވި ހުރިހާ معجزات ތައް އެއުރެން ދޮގުކުރޫއެވެ. ފަހެ، عزيز ވަންތަ، ކުޅަދުންވަންތަ ކަލެއްގެ ހިއްޕެވުމަކުން، ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ.
54|43|އެއުރެންނަށްވުރެ ތިޔަބައިމީހުންގެ كافر ން، ހެޔޮކަން ބޮޑީހެއްޔެެވެ؟ ނުވަތަ ބާވައިލެއްވި ފޮތްތަކުގައި عذاب ން މިންޖުވުމެއް، ތިޔަބައިމީހުންނަށްޓަކައި ވަނީހެއްޔެވެ؟
54|44|ނުވަތަ ތިމަންމެން އެންމެންނީ، نصر ލިބިގެންވާ ބަޔެކޭ އެއުރެން ބުނަނީހެއްޔެވެ؟
54|45|އެ (كافر ންގެ) جماعة ދެރަކުރައްވައި، ބަލިކޮށްލައްވާނެތެވެ. އަދި އެއުރެން ފުރަގަސްދީ، ފިލަން ދުވާނެތެވެ.
54|46|އަދި ކިއެއްތަ! އެއުރެންނަށް (عذاب ދެއްވުމަށް) ކަނޑައަޅުއްވާފައިވާ ވަގުތަކީ، قيامة ވުމުގެ ވަގުތެވެ. އަދި قيامة ވުމުގެ ވަގުތު (އެއުރެންގެ މައްޗަށް) ދަތިކަން މާބޮޑެވެ. އަދި ހިތިކަންވެސް މާބޮޑުމެއެވެ.
54|47|ހަމަކަށަވަރުން، ކުށްވެރިންވަނީ، މަގުފުރެދުމެއްގައެވެ. އަދި އަނދައަނދާ ހުންނަ ނަރަކައިގެ އަލިފާނުގައެވެ.
54|48|(އެއީ) އެއުރެންގެ މޫނުތައް ވަތަށްލައި، ނަރަކައިގެ ތެރޭގައި ދަމައި، ގެންދަވާދުވަހެވެ. (އަދި އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާންގަނޑު ބީހުމުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
54|49|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ.
54|50|އަދި ތިމަންރަސްކަލާނގެ އަމުރުފުޅު އެއީ، އެއް އަމުރުފުޅެއް ކަމުގައިމެނުވީ ނުވެއެވެ. ލޮލުގެ އެސްފިޔަޖަހައިލުން ފަދައިންނެވެ.
54|51|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނާ އެއްފަދަވެގެންވާ މީހުން ހަލާކުކުރެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ނުވޭހެއްޔެވެ؟
54|52|އަދި އެއުރެންކުޅަ ކޮންމެކަމެއް، ފަތްފުށްތަކުގައިވެއެވެ.
54|53|އަދި ކުދިބޮޑު އެންމެހާ ކަންތައް (اللّوح المحفوظ ގައި) ލިޔުއްވާފައިވެއެވެ.
54|54|ހަމަކަށަވަރުން، تقوى ވެރިންވަނީ، ސުވަރުގެތަކާއި، ބާވަތްބާވަތުގެ ކޯރުތަކުގެ نعمة ގައެވެ.
54|55|ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ حضرة ގައެވެ.

Pages ( 54 of 114 ): « Previous1 ... 5253 54 5556 ... 114Next »