Divehi Quran

87|1|ކަލޭގެފާނުގެ ވެރި، އެންމެ މަތިވެރި ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!
87|2|އެކަލާނގެއީ (އެންމެހާ ތަކެތި) ހައްދަވައި، ދެން އެ ހެއްދެވުން ފުރިހަމަކުރެއްވި ރަސްކަލާނގެއެވެ.
87|3|އަދި އެކަލާނގެއީ (އެންމެހާ ތަކެތި) މިންވަރުކުރައްވައި، ދެން (އެތަކެއްޗަށް) މަގުދެއްކެވި ރަސްކަލާނގެއެވެ.
87|4|އަދި އެކަލާނގެއީ، ފަތްޕިލާވެލި ފެޅުއްވި ރަސްކަލާނގެއެވެ.
87|5|އަދި އެކަލާނގެ އެތަކެތި، ކަޅުކުލައިގެ ހިކި ކުނޑިތަކެއް ކަމުގައި ލެއްވިއެވެ.
87|6|ތިމަންރަސްކަލާނގެ، ކަލޭގެފާނު ކިޔަވައިވިދާޅުވާ ބޭކަލަކު ކަމުގައި ލައްވާހުށީމެވެ. ފަހެ، ކަލޭގެފާނު (އެ قرآن) ހަނދުމަފުޅެއް ނުނެތޭނެތެވެ.
87|7|(ހަނދުމަފުޅު ނެތުމަށް) اللَّه އިރާދަކުރެއްވި އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ.
87|8|އަދި ފަސޭހަވެގެންވާ މަގަށް، ތިމަންރަސްކަލާނގެ ކަލޭގެފާނަށްޓަކައި މަގު ފަހިކޮށްދެއްވާހުށީމެވެ.
87|9|ފަހެ، ހަނދުމަކޮށްދިނުން މަންފާކުރާނަމަ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށްދެއްވާށެވެ!
87|10|(اللَّه އަށް) ބިރުވެތިވާ މީހާ، ހަނދުމަކޮށް އުޅޭނެތެވެ.
87|11|އަދި އަބާއްޖަވެރިކަން އެންމެ ބޮޑުމީހާ، އެކަމުން ދުރުހެލިވާނެތެވެ.
87|12|އެމީހާއީ، ބޮޑުވެގެންވާ ނަރަކައަށް ވަންނާނޭ މީހެކެވެ.
87|13|ދެން އެމީހަކު އެތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމުހުރި ދިރުމަކުން) ނުވެސް ދިރޭނޭމެއެވެ.
87|14|ދެން އެމީހަކު އެތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމުހުރި ދިރުމަކުން) ނުވެސް ދިރޭނޭމެއެވެ.
87|15|(كافر ކަމުން) طاهر ވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
87|16|(كافر ކަމުން) طاهر ވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
87|17|އަދި ކިއެއްތަ! آخرة ގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ حال ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.
87|18|ހަމަކަށަވަރުން، މިވާހަކަތައް، އިހުގެ ފަތްފުށްތަކުގައިވާކަން ކަށަވަރެވެ.
87|19|إبراهيم ގެފާނާއި، موسى ގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ.

Pages ( 87 of 114 ): « Previous1 ... 8586 87 8889 ... 114Next »