Divehi Quran

81|1|އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ.
81|2|އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ.
81|3|އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ.
81|4|އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ.
81|5|އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ.
81|6|އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ.
81|7|އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ.
81|8|އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سؤال ކުރައްވާ ހިނދެވެ.
81|9|އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟
81|10|އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެެވެ.
81|11|އަދި އުޑު ގެންދަވާ ހިނދެވެ.
81|12|އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ.
81|13|އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ.
81|14|ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ.
81|15|ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ.
81|16|ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.
81|17|އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
81|18|އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ.
81|19|ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ.
81|20|عرش ގެ ވެރިރަސްކަލާނގެ حضرة ގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ.
81|21|އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ.
81|22|އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمد ގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ.
81|23|އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريل ގެފާނު) ދެކެވަޑައިގަތެވެ.
81|24|އަދި غيب ގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ނުވެއެވެ.
81|25|އަދި رحمة ން ބޭރުކުރައްވާފައިވާ شيطان އެއްގެ ބަސްކަމުގައިވެސް އެ قرآن ނުވެއެވެ.
81|26|ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟
81|27|عالم ތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ.
81|28|ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ.
81|29|عالم ތަކުގެ ވެރި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ.

Pages ( 81 of 114 ): « Previous1 ... 7980 81 8283 ... 114Next »