Divehi Quran

101|1|ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހެވެ.
101|2|ހިތްތަކަށް ބިރުވެރިކަންގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟
101|3|އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
101|4|ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ.
101|5|އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ.
101|6|ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ!
101|7|ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.)
101|8|އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ!
101|9|ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ.
101|10|އަދި އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
101|11|އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ.

Pages ( 101 of 114 ): « Previous1 ... 99100 101 102103 ... 114Next »